ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެ

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެއެވެ. ހުސެއިން އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ.
ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯދެއްވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ ދުވަސްތަކެއް ހުސެއިން ވަނީ ހޭދަކުރައްވާފައެވެ.
ބައްޔަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖެއިން ބޭރުގައި އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާތަކުގައި ހުސެއިން ބައިވެރިވެޑައިގެންނަވީ މއަހަރުގެ މާރިޗު މަހުގެ 29 ގައެވެ. އެދުބަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސެއިން ވަނީ އާލަސްކަންފުޅާއި އުޅުއްވިއިރު ގިނަ ބައެއްގެ ހެޔޮ ދުޢާއާއި މެސެޖު ލިބުނުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަނެއްކާވެސް އެނބުރި އައިސް ރައްޔިތުންނާއި މުޚާތަބްކޮށް ވާހަދެއްކޭތީ އެކަމަށް ﷲއަށް ޝުކުރު ކުރާކަމެއްކަމަށް ހުސެއިން ވިދާޅުވިއެވެ.
" އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުން ބޭސްފަރުވާއެއް ކުރުމަށްފަހު މިއަދު އަނެއްކާވެސް މިހިސާބަށް އައިސް ތިޔަ އެންމެބޭފުޅުންނާއި ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޒުރަތަށް ޝުކުރު ކުރަން. އަދި ހަމައެއާއިއެކު އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓިހިންނާއި، ދާއިރާގެ އެކިއެކި ރައްޔިތުންނާއި، ހެޔޮއެދޭ އެތައް މެމްބަރުންނެއް އަޅުގަނޑަށް ގުޅައި ހާލުބަލަމުން ދިޔަ ކަމަށްޓަކައި އުފާކޮށް އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވި އަދި ހެޔޮ ދުޢާކޮށްދެއްވަމުންދާ ހުރިހާ އަހުންނާިއ ހުތުހުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން." މާރިޗު 29 ގެ ޖަލްސާގައި ހުސެއިން ވަހީދު ވިދާޅުވިއެވެ.
ހުސެއިން ވަހީދު އަވަހާރަވުމުން ސައުލަތުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ