ރިލްވާންގެ މައްސަލަ ނުބެލުމަށް ރައީސް ޔާމީން ދުވަހަކުވެސް ވިދާޅުވެފައެއް ނުވޭ: އުމަރު

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލަ ނުބެލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުވަހަކުވެސް ނާންގަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރިލްވާންގެ މައްސަލަ ނުބެލުމަށް ރައީސް ޔާމީން އުމަރަށް އެންގެވި ކަމަށް ބުނެ ނޫހަކުން ލިޔެފައިވާ ހަބަރަކާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އުމަރު ވިދާޅުވީ އެ މައްސަލަ ނުބެލުމަށް ވުނަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކުވެސް އެމަނިކުފާނު ކައިރީގައި ވިދާޅުވެފައި ނުވާ ކަމަށެވެ.
އަދި އެއީ ”ކަނޑައެޅިގެން ’އޯވާވެލްމް’ގެ މާނަ އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލައިގައި ސުވާލު ކުރުމަށް ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މިހުންގެ މައްސަލަތަށް ބަލާ ކޮމިޝަނަށްވެސް ރައީސް ޔާމިނު އިއްޔެ ހާޒިރުކޮށްފައި ވެއެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަމެއް ކޮމިޝަނަށް ސާފުކޮށްދެވިފައި ނުވާކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ