މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން (ބްރޯޑްކޮމް) ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތުލުމުގެ ފުރުސަތު ހަމަވާނެ ތާރީހަކީ 16 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.
ބްރޯޑްކޮމް ގެ ދެ މެންބަރުން ކަމަށްވާ ހަސަން ނަބާހު އަދި އިސްމާއިލް ސޮފްވާން ވަނީ މިދިޔަ މަހު ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ކުރިން އޮތް އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކޮމް އިން ވަނީ ވަކި ވަކި ޓީވީ ސްޓޭޝަންތަކާ މެދި ފިޔަވަޅު އަޅާފަ އެވެ.
އެ މައްސަލާގައި ބްރޯޑްކޮމްގެ ހުރިހާ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުވެސް ކުރި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ