ރައީސް ތާއީދު ކުރައްވާ ބޭފުޅަކަށް ޖޭޕީން ތާއީދު ހޯދައިދޭނެ – މެމްބަރު ރިޔާޒު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާ މެންބަރުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އާ ދައުރަކަށްވެސް ހޮވި ވަޑައިގަތް ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރަައީސް ކަމަށާއި ނައިބް ރައީސް ކަމަށް، ރައީސް ސޯލިހު ތާއީދު ކުރައްވާ ބޭފުޅުން ގެންނަށް ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވަނީ ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ ނަގާފައިވަނީ އެމްޑީޕީއިންނެވެ. އެމްޑީޕީ އިން ވަނީ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އަންނަ ދައުރުގައި މަޖިލިސް ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެމްޑީޕީގެ ފަސް ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އާއްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރުގެ މަގާމަށް އިންތިހާބުވި އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއި ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ