ޔާމީނާއި ނަޝީދުގެ ސަރުކާރަށްވުރެ ގިނަ ކަންތައްތައް މި ސަރުކާރުން ކޮށްފި- ގާސިމް

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށްވުރެ ގިނަ މަސައްކަތްތައް އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުން ކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ވެސް ތަމްސީލު ކުރަށްވަމުން ގެންދަވާ ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ މައި ޖަގަހަ "ކްނޫޒް" ގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
Advertisement
"މާގިނަ ކަންކަން ކޮށްދީފި. މާގިނަ މީހުންގެ ޙައްޤުތައް ދީފި. ޕްލޭންކުރެވިގެން ސިސްޓަމެއް ރޭވިގެން ސަސްޓޭނަބަލް ޑިވެލޮޕްމަންޓެއް މިގެންނަނީ." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ދިވެހި ރައްޔިތުން ކިބައިން ކެއްތެރިކަމާއެކު ސަރުކާރުން ކުރައްވަމުންގެންދަވާ ކަންކަން ބެއްލެވުމަށް އެދިވަޑައިގެންފަ އެވެ. ގާސިމް ވިދާޅުވީ ރޭވިގެން ކަންކަން ކުރުމުން ހެޔޮ އަގުގައި ކަންކަން ކުރެވިގެން ދާނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ