އަޅުގަނޑަކީ އަބަދުވެސް އެއް ސިޔާސަތެއްގައި ހިފަހައްޓާ މީހެއް: އުމަރު

ސިޔާސީ ދާއިރާގައި އަބަދުވެސް ހުންނަވާނީ އެއް ސިޔާސަތުތަކެއްގައި ހިފަހައްޓައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ސަން އޮންލައިންގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ސިޔާސީ ދާއިރާގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދި އެ ދާއިރާގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އަބަދުވެސް އެއް ގޮތެއްގައި ގަބޫލުކުރާ ސިޔާސަތުތައް ހިފެހެއްޓުން ކަމަށެވެ. "އަބަދު ވެސް އެއްގޮތެއްގައި އަޅުގަނޑުގެ ސިޔާސަތުތައް ހިފަހައްޓައިގެން، އަޅުގަނޑު ގަބޫލުކުރާ ހަމަތަކުގައި ހިފަހައްޓައިގެން އެއް ވާނެއްގައި އެއްގޮތަކަށް ހުރުން،" އުމަރު ވިދާޅުވި އެވެ. "މިއަދު ވެސް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނެ އަޅުގަނޑަކީ ވަކިގޮތެއް ހިފަހައްޓައިގެން އެ ގޮތުގައި ހުންނަ މިހެއްކަން،" އުމަރު ވިދާޅުވި އެވެ. "އަޅުގަނޑަކީ އަޅުގަނޑުގެ ސިޔާސީ ނައު އަޅުގަނޑު މި ދުއްވަނީ ހަމަ ކަނދެއް އޮތީމާ ދުއްވާކަށް ނޫން،" ބައެއް މީހުންނަކީ އަބަދުވެސް އެންމެ ބާރަށް ދުވާ ސިޔާސީ އޮޑިއަށް އަރަން ބޭނުންވާ މީހުން ކަމަށާއި އެކަން އެގޮތަށް ކުރަން ބޭނުން ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑަކީ އަޅުގަނޑު ބޭނުންވާ ދިމާއަކަށް ސިޔާސީ ހަޔާތް ގެންދާ މީހެއް. އެގޮތުގައި ވޭތުވެ ދިޔަ 13-14 އަހަރު ދެމިހުރެވުމަކީ އަޅުގަނޑަށް ލިބޭ ކާމިޔާބީއެއް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ