ލަންކާ ހަމަލާއާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި

އަވަށްޓެރި ސްރީލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާބެހޭގޮތުން ކުރެވުނު މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.
އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްސްއިން ނަގާފައިވާއިރު، މި ހަމަލާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ. 500 އަށް ވުރެ ގިނަ މީހުންވަނީ ޒަހަމް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ