މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިންއިރު، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ޗުއްޓީ ދަތުރުފުޅެއްގައި އެ ގައުމުގައެވެ. ލަންކާގައި އެމަނިކުފާނު ހުންނަވައިގެން އެ ގައުމުގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ކޮންމެވެސް ވަރަކަށް މީސް މީޑިއާގައި އެމަނިކުފާނު ދިޔައީ ލިޔުއްވަމުންނެވެ.
އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެމަނިކުފާނު ވަނީ، ބޮމުގެ ހަމަލާތަކާއި ގުޅިގެން ޝޮކެއްގައި ހުރިކަމަށް ވިދާޅުވެފައެވެ. އަދި ލަންކާއަކީ އެތައް ދިވެހިންނެއް ދިިރިއުޅެމުން އަންނަ ގައުމު ކަމަށާއި، އެންމެންގެ ރައްކާތެރިކަމަށް އެދި ދުއާ ދަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ ލަންކާގެ ރައްޔިތުންނާއެކު ވާކަމާއި، މަަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވަނީ ފޮނުވާފައެވެ.
މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާގައި ހޭދަކުރެއްވި ޗުއްޓީ ނިންމަވާލެއްވުމަށްފަހު އެނބުރި މިރޭ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮލަމްބޯގެ މާހައުލު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެ ހާދިސާއަށްފަހު މައުމޫނުގެ ދެކަނބަލުންނަށް ލަންކާގެ ސަލާމަތީ ބާރުތަކުން ދިން ސެކިޔުރިޓީ ފާހަގަކުރައްވައި އެކަމަށް މައުމޫނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ކުރަމުންދާ މަސައްކަތްތައް މައުމޫނު ވަނީ ޝުކުރު އަދާކޮށްފައެެވެ.
ލަންކާގެ ބޮމުގެ ހާދިސާތަކުގައި 359 މީހުން މަރުވިއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ލަންކާގެ ނުރައްކާ ހާލަތުުން ނުކުމެ ރައީސް މައުމޫން ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ