ނިގަމްބޯގެ ޑެޕިއުޓީ މޭޔަރު ކަނޑިތަކަކާ އެކު ހައްޔަރުކޮށްފި

މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮން ގޮއްވުމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ނިގަމްބޯގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަންސާރު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ފުލުހުން ބުނީ ކަނޑިތަކުގެ އިތުރުން، ޝައްކު ކުރެވޭ އެހެން ބައެއް ތަކެތި ވެސް އަންސާރާ އެކު ފެނިފައިވާ ކަމަށެވެ.
ސަލާމަތީ ބާރުތަކުން ލަންކާގައި ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ކޮލަމްބޯގެ މުނިސިޕަލް ކައުންސެލަރު ނޫރްދީން ތާޖުއްދީން ހައްޔަރުކޮށްފި އެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނޫރްދީން ހައްޔަރުކޮށްފައި ވަނީ ލަންކާއިން ފެނުނު 46 ކަނޑިއާ ގުޅުން ހުރި މައްސަލައެއްގަ އެވެ.
ލަންކާގައި އެކި ސަރަހައްދުތަކުގައި ޖާނުން ފިދާވެގެން މިދިޔަ އާދީއްތަ ދުވަހު ދިން ބޮން ގުއްވުމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 250 އިން އަށް މައްޗަށް އަރައިފަ އެވެ. އިއްޔެ ފުލުހުން ހިންގި ރެއިޑެއްގައި ހިނގި ކުރިމަރިލުމެއްގައި ވަނީ އިތުރު 15 މީހުން މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ