ޕީޕީއެމް އަކީ ފެތެމުންދާ އޮޑިއެއް ގޮތަަށް ގާސިމް ސިފަ ކުރައްވައިފި

އިދިކޮޅު ޕާޕީއެމް އަކީ ފެތެމުންދާ އޮޑިއެއްގެ ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ސިފަ ކުރައްވައިފިއެވެ.
ގާސިމް މިގޮތަށް ވިދާޅުވީ، އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ސިޔާސީ ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގެން އެ ޕާޓީ އަށް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މިއަދު ޖޭޕީ އަށް ސޮއިކުރެއްވި ބޭފުޅުން ސޮއިކުރެއްވި ސަބަބު ރައްޔިތުންނަަށް ވަރަށް ރަގަޅަށް އެގޭނެ ކަމަށާއި، އޮޑިއެއް ފެތެމުންދަންޔާ އޭގައި އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން މައްސަކަތް ކުރެއްވި މީހެއް ކަމަށާއި އެއްވެސް މީހަކާއި ދޭތެރޭ ހަސަދަ ވެރިކަމެއް ހިތުގައި ނެތް ކަމަށެވެ.
"އަޅގަނޑާއި ބެހޭ ގޮތުން ސިޔާސީ ގޮތުން ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެކޭ ވިދާޅުވިއަސް އަޅުގަނޑު އެބޭފުޅަކަށް ހިތުގެ އެންމެ ފުންމިނުން މާފު ކޮށްފިން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީ އާއި ސަރުކާރާއި ޖައްސަން މީހަކު މަސައްކަތް ކުރި ނަމަވެސް އެކަމާ ޖެހިލުން ނުވާ ކަމަށެވެ.
"މަޖިލިސް ޗުއްޓީ ލިބުމުން ހުރިހާ ރަށަކަށް ދަތުރުކޮށް ކޮންމެ ރަށެއްގައި ޖޭޕީގެ ގޮތްޕެއް ހަދާނެ ޖޭޕީގެ މެމްބަރުންގެ އަދަދު މިހާރު އުޅެނީ 9859 ގައި ކަމަށްވާއިރު މަސްތަކުގެ ތެރޭގައި ޖޭޕީއާ ގުޅުނު މެމްބަރުންގެ އަދަދު ގާތްގަނޑަކަށް 16000 ގައި ހުރި" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ