ޖެނެރޭޓަރު ޓެސްޓުކުރާތީ މާލެއިން ކަރަންޓު ކެނޑިދާނެ

ޖެނެރޭޓަރު ޓެސްޓު ކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ މިއަދު މެންދުރުފަހު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ޖެނެރޭޓާރު ޓެސްޓު ކުރުމަށް ޝެޑިއުލްކޮށްގެން ކުރާ މަސައްކަތެއް ކުރާތީ މިއަދު މެންދުރު ދޭކާއި 2:30 އާ ދެމެދު ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މަސައްކަތް ނިމުނުހާ އަވަހަކށް ކަރަންޓު ދޫކުރާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. މާލެ އާއި ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ މި ފަހަކަށް އައިސް ބޮޑުވެފައިވާ މައްސަލައެކެވެ. މީގެ އިތުރުން ކަރަންޓުގެ އަގު ހެޔޮކޮށްދެއްވާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވިނަމަވެސް، ކަރަންޓު ބިލު ކުޑަ ނުވާތީ އެކަމާ ނުރުހުން ފާޅުކޮށް ރައްޔިތުން ދަނީ ވާހަކަ ދައްކަމުންނެވެ. ބިލު ބޮޑުވާ މައްސަލާގައި ސްޓެލްކޯ އިން ބުނަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރެވޭ މިންވަރު އިތުރުވަނީ ކަމަށެވެ. https://twitter.com/STELCOMALDIVES/status/1137635989466206214
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ