މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މައްސަލަ ޖެހިފައި ވަނީ އެ ކުންފުނިން މާލެ ސަރަހައްދަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 8.9 މެގަވޮޓުގެ އިންޖީނަށެވެ. އެހެންވެ، އެ މައްސަލަ އެއްކޮށް ހައްލު ވަންދެން، މާލޭގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ކަރަންޓު ކަނޑާލަން ޖެހުނަށް މާ ގިނައިރުތަކެއް ނުވެ އަލުން ކަރަންޓު ދޭނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.
އެކި ވަގުތުތަކުގައި ކަރަންޓު ކެނޑޭނެތީ، ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ