އެމްޕީއެލުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މާލެ އޮފީހުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު އެ މީހާ ހައްޔަރު ކުރީ އެމްޕީއެލްގެ މުވައްޒަފުން ތިބޭ ސަރަހައްދުން ވައްކަން ކުރަން އުޅެނިކޮށް ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2390 މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި ފޭރުމުގެ 262 މައްސަލަ ހުށަހަޅާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ