މިއަދު ފެށި މި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން މާލޭގައި ހަވީރު 4 އިން ރޭގަނޑު 8 އަށް މުދާ އުފުލުން ސަރުކާރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ މި ގަޑިތަކުގައި އެއްވެސް ބާވަތެއްގެ މުދަލެއް ވިޔަފާރި އުސުންލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ. މި އުސޫލާ އެއްގޮތަށް މާލޭގެ އިތުރުން ހުޅުމާލޭގެ ވިޔަފާރިވެރިން ވެސް އަމަލުކުރަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި ބަދަލާއެކު ހެނދުނު 9 އިން މެންދުރުފަހު 3 އަށް އަދި ރޭގަނޑު 9 އިން ހެނދުނު 6 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި މިހާރު މުދާ އުފުލޭނެ އެވެ. ނަމަވެސް ހެނދުނު ކަނޑައަޅާފައިވާ ވަގުތުތަކުގައި ފެނާއި ގޭސް އުފުލަން ޖެހޭނީ 350 ކިލޯ އަށް ވުރެ ލުއި އުޅަނދުތަކުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅައިފަ އެވެ.
އެ އޮތޯރިޓީން ވަނީ މި މުއްދަތުގައި ސިނަމާލެ ބްރިޖުން މުދާ އުފުލޭ ވަގުތުތައް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން، ރޯދަ މަހާއި ޝައްވާލު މަހުގެ ހަތް ދުވަސް ނިމެންދެން ބްރިޖުން މުދާ އުފުލޭނީ ހެނދުނު 9 އިން މެންދުރުފަހު 3 އަށް އަދި ދަންވަރު 1 އިން ހެނދުނު 6 އަށެވެ. އެހެން ގަޑިތަކުގައި ބްރިޖުމަތީގައި މުދާ އުފުލުން މަނާވާނެ އެވެ.
މާލޭގައި ރޯދަމަހުގެ ހަވީރު 4 އިން ރޭގަނޑު 8 މުދާ އުފުލުން މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ