މެންޗެސްޓާ (އޮގަސްޓް 16) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ހުރެ އެ ޓީމަަަށް ސީޒަނެއްގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަނުކުރެވޭ ބުނަން ދެރަވާ ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު މަހު، ސްޕޯޓިން ލިޒްބަން ދޫކޮށް، ޔުނައިޓެޑާ ހަވާލުވި، 40 އަހަރުގެ އަމޮރިމްއާ އެކު އެ ޓީމުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ 15 ވަނައިގަ އެވެ. މިއީ، އެ ކްލަބްގެ ތާރީހުގައި ލީގުގައި އެންމެ ދަށް ސީޒަނެވެ. އަނެއްކޮޅުން، ޔުނައިޓެޑުން ތަށްޓެއް ހޯދައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ފުރުސަތު އޮތް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ޔުނައިޓެޑުން 200 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރި ޔުނައިޓެޑުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގައި ޓާގެޓްކުރާނީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދުމަށް ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.
"ޔުނައިޓެޑްގެ ކޯޗަކަށް ހުރެ މި ގޮތަށް ޔޫރަޕްގެ ޖާގައަކަށް ވާދަކުރަން ބުނަން ވެސް އުނދަގޫ. ޔުނައިޓެޑަކީ ލީގު ތަށްޓަށް ވާދަކުރާ ޓީމެއް މީގެ ކުރިން އަބަދުވެސް. އެކަމަކު، މި ވަގުތު ހަގީގަތާ ކުރިމަތިލާންޖެހޭ، ލީގު ތަށްޓަށް ވާދަނުކުރެެޔޭ ބުނަން ވެސް ދެރަވޭ،" ސްޕޯޓިން ލިޒްބަންއާ އެކު، ޕޯޗުގީސް ލީގު ކާމިޔާބުކޮށްފައިވާ އަމޮރިމް ބުންޏެވެ.
އެންމެ ފަހުން ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ.
ޔުނައިޓެޑަށް 20 އަހަރު ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ދާދި ފަހުން ބުނި އަމޮރިމް ވަނީ، ޔުނައިޓެޑުން ޔޫރަޕްގެ މުބާރާތެއްގެ ޖާގަހޯދަން ވެސް މި ސީޒަނުގައި ވަރަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި، ވާދަވެރި ޓީމުތަކުން ވެސް ވަރަށް ރަނގަޅަށް ހަރަދުކޮށް ޓީމު ވަރުގަދަ ކޮށްފައިވާ ކަމަށް އަމޮރިމް ބުނެފައިވެ އެވެ.
"އަހަރެމެންނަށް (ޕްރީ ސީޒަން) ހަތަރު ހަފްތާއިން ހުރިހާ ކަމެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު، އަހަރެމެން ކަންކަން ރަނގަޅުކުރަން، ސަޕޯޓަރުންގެ އެދުމާ އެއްވަރުގެ ނަތީޖާތަކެއް ނެރެވޭ ވަރަށް އެކުގައި މަސައްކަތް އެބަކުރަން ޓީމެއް ގޮތަށް،" އަމޮރިމް ބުންޏެވެ.
މި ފަހަރުގެ ޕްރިމިއާ ލީގުގެ ސީޒަނުގައި ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި، ނުކުންނާނީ އަމިއްލަ ދަނޑުގައި، މިދިޔަ ތިން އަހަރުގެ ރަނަރަޕް، އާސެނަލާ ދެކޮޅަށެވެ.
ޔުނައިޓެޑަށް ލީގު ތަށްޓަށް ވާދަނުކުރެވެޔޭ ބުނަން އަމޮރިމް ދެރަވޭ ޔުނައިޓެޑަށް ލީގު ތަށްޓަށް ވާދަނުކުރެވެޔޭ ބުނަން އަމޮރިމް ދެރަވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ