ލަންޑަން (އޮގަސްޓް 16) - އިނގިރޭސި ކްރިކެޓް ތާރީހުގައި ގައުމީ ޓީމެއް ލީޑުކުރާނެ އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް، އޯލް ރައުންޑަރު، ޖޭކަބް ބެތެލް އަށް ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
އަޔަލަންޑްގައި އަންނަ މަހު، އިންގްލެންޑްގެ ޓީ20 ޓީމުން ޓުއާއެއް ޖަހާއިރު، ތިން މެޗު ކުޅޭނެ އެވެ. މި ޓުއާ މެޗުތަކަށް ނަގާ ސްކޮޑުގައި، އިންގްލެންޑްގެ ވައިޓް ބޯލް (ޓެސްޓް ޓީމު) ކެޕްޓަން، ހެރީ ބްރުކްގެ އިތުރުން އެހެން ސީނިއާ ގިނަ ކުޅުންތެރިންނަށް އަރާމް ކުރަން ފުރުސަތު ވަނީ ދީފަ އެވެ.
އެހެންވެ، އިންގްލެންޑްގެ ކްރިކެޓް އެސޯސިއޭޝަނުން ނިންމާފައި އޮތީ 21 އަހަރުގެ ބެތެލް އަށް ކެޕްޓަންކަން ހަވާލުކުރުމަށެވެ.
ބެތެލް، މި މެޗުތަކުގައި އިންގްލެންޑް ކެޕްޓަންކަން ކޮށްފިނަމަ، އޭނާ އަށް ތާރީހީ މަގާމެއް ލިބޭނެ އެވެ.
މި ވަގުތަށް ބަލާއިރު، އިންގްލެންޑްގެ ގައުމީ ކްރިކެޓް ޓީމެއްގެ ކެޕްޓަންކަން ކުރި އެންމެ ހަގު ކުޅުންތެރިއަކީ، 1889 ވަނަ އަހަރު، ޓެސްޓް މެޗެއްގައި، އިންގްލެންޑްގެ ކެޕްޓަންކަން ކުރި، 23 އަހަރާއި 144 ދުވަހުގެ މޮންޓީ ބޯޑެން އެވެ.
އަޔަލެންޑް ޓުއާގައި ކުޅުމުގެ ކުރިން، އިންގްލެންޑްގެ ވަރުގަދަ ކުޅުންތެރިން ހިމެނޭ ޓީމުން ސައުތު އެފްރިކާއާ ދެކޮޅަށް ކުޅޭނެ އެވެ. އެ ގޮތުން، ސައުތު އެފްރިކާ ޓުއާގައި، ތިން ވަންޑޭ އިންޓަނޭޝަނަލް މެޗާއި ތިން ޓީ20 މެޗު ކުޅޭނެ އެވެ. ދެކުނު އެފްރިކާގެ މެޗުތަކާއި އަޔަލެންޑް މެޗުތަކުގައި ވެސް ކުޅޭ ބެތެލް ވަނީ އިންގްލެންޑްގެ 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.
އިންގްލެންޑްގެ އެންމެ ޒުވާން ކްރިކެޓް ކެޕްޓަނަކަށް ބެތެލް އިންގްލެންޑްގެ އެންމެ ޒުވާން ކްރިކެޓް ކެޕްޓަނަކަށް ބެތެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ