މާލޭގައި ސްކޫލް ބަހުގެ ހިދުމަތް ދެނީ

މާލޭގައި ސްކޫލް ބަހުގެ ހިދުމަތް ދޭން ފަށަން ވެރިކަން ކުރާ އެމްޑީޕީން ވައުދުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން މާލެއަށް ކަނޑައަޅާފައިވާ މެނިފެސްޓޯއެއް ވަނީ ނެރެފަ އެވެ.
އެ މެނިފެސްޓޯގައި ބުނީ މާލެއަކީ ކާރުބާރު ބޮޑުތަނަކަށް ވެފައިވާ ކަަމަށާއި އެކަން ހައްލުކުރަން އާންމު ބަސް ދަތުރާއެކު ސްކޫލް ބަސް ދަތުރު ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ.
މިހާރު ވެސް އައްޑޫ ސިޓީގައި ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދެއެވެ.
މާލޭގައި މީގެ ކުރިން ވެސް ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓާލީ އެވެ. ފަހުން ސިނަމާލެ ބްރިޖާއެކު މާލެއާއި ހުޅުމާލެއާ ދެމެދު މިހާރު ބަސް ދަތުރުތައް އޮވެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ބޯހިޔާވަހިކަން ހައްލުކުރަން ހުށަހެޅި ޕްލޭނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ