ރޯދައިން ލިބެންވާ "ފުލް މާރކްސް" ހޯދޭނީ ހިތުން ރޯދަހިފައިގެންނެވެ!

ހިތުން ރޯދަހިފުމުގެ ވާހަކައަކީ އައު ވާހަކައަކަށްވެސް ވެދާނެއެވެ. އެއީ ޢިލްމުވެރިން ޢާންމުކޮށް އެބަސް ބޭނުން ނުކުރައްވާތީއެވެ! އިންސާނުން ކުރާ ކޮންމެ ޢަމަލަކަށްވެސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އޭނާގެ ނިޔަތުގެ މައްޗަށްކަމަށްވުމުން ޢަމަލުތަކުން ރޯދަހިފުމުގެ އިތުރުން އަދި ހިތުން ރޯދަހިފަން އެބަޖެހެއެވެ. 
ރޯދަ ހިފުމަށް ނިޔަތް ގަންނަނީ ރޭގަނޑުއެވެ. އެހިސާބުން އެބައި ނިމުނީއެވެ. ދެން އޮތީ ރޯދަ ކުރިއަށް ގެންދިއުމުގެ ބައެވެ. އެބައި ކުރިއަށް ގެންދެވޭނީ ހިތުންނެވެ. އެހެނީ ތިމާ މިހުރީ ރޯދައަށްކަން އަބަދުވެސް ހިތުގައި ނުބާއްވާ މީހަކަށް ރޯދަ ނުހިފޭނެތީއެވެ. 
ބައެއް މީހުންނަށް ރޯދައަށް ތިބެ ނުބައި ޢަމަލުތައް ކުރެވެނީ ދުލުނ ނުބައި ބަސްތައް ބުނެވެނީ، ވަގުތު ބޭކާރުކުރެވެނީ، މިބަޔާންކުރިފަދައިން ތިމާ މިހުރީ ރޯދައަށްކަން ހިތުގައި ނުއޮންނާނާތީއެވެ! އެކަން ހިތުގައި އޮންނަނަމަ ރޯދައަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. 
މިފަދަ ކަންކަމަށް ބަލައިފިނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ހިތުން ރޯދަހިފުމަށެވެ. ހިތުން ރޯދަހިފައިގެންނޫނީ ރޯދަ ހިފުމުން ލިބެންވާ "ފުލް މާރކްސް" ނުހޯދޭނެތީއެވެ! "ފުލް ސްކޯރ" ނުކުރެވޭނެތީއެވެ! 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ