ކުރީގެ ވަޒީރު އުމަރު ޒާހިރުގެ ތާއިދު ޑރ.މުއިއްޒުއަށް!

ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ޕްލޭނިންގ މިނިސްޓަރ އޮނަރަބަލް އުމަރު ޒާހިރު، މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމަވައިފިއެވެ.
ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުކަމަށް އުމަރު ޒާހިރު ތާއިދުކުރައްވާނީ އެބޭފުޅާއަށްކަން އިއުލާންކުރުން އެންމެ ރަނގަޅުކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެކަމަށް އެބޭފުޅާއަށް ހިތުގެ އިޚްލާސްތެރި ޝުކުރު ދަންނަވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުމަރު ޒާހިރަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ އަރިސް ބޭފުޅެކެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "މިހާރު"އަށް ދެއްވި އިންޓަރވިއުއެއްގައި އެބޭފުޅާ ވިދާޅުވީ ޑރ.މުއިއްޒުއާ ވާދަކުރެވޭނެވަރުގެ އެހެން ބޭފުޅަކު ނެތްކަމަށާއި، އެބޭފުޅާގެ މަސައްކަތުން މާލެއަށް ވަރަށް ގިނަ ކަންކަން ވެފައިވާ ކަމަށެވެ. އަދި މުއިއްޒުއަކީ އަމަލީގޮތުން މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅެއްކަމަށާއި، އެއީ ވަރަށް ކަމުދާ ސިފައެއްކަމަށްވެސް އުމަރު ޒާހިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ