އަންނަ މަހު އޮންނަ ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓް ނެގުން މާދާމާ ހަވީރު އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. 
އެމްޑީޕީގެ އިސް ތަރުޖަމާނު އިމްތިޔާޒް ފަހުމީ މިރޭ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގެ އެމްޑީޕީ ޕްރައިމަރީގައި ތިން ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށެވެ. 
އެމްޑީޕީގެ ތިމަރަފުށީ ޕްރައިމަރީގައި ވާދަކުރާނީ ކުރިންވެސް ތިމަރަފުށީ ގޮނޑި ފުރުއްވި މުހައްމަދު މުސްތަފާ އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީގާއި އަދި  އަބްދުއް ރަޝީދު އަބްދުﷲ (އަބްސީ) އެވެ. ތިމަރަފުށީ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާނީ މަދާމާގެ ހަވީރު 4:00 ފެށިގެން މާދާމާ ރޭ 10:00 ޖެހުމާ އަމަށެވެ.  
އެމްޑީޕީން ބުނީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުފޮށި މާލޭގައި ހުންނާނީ ރާޅުގަނޑު ސަރަހައްދުގައި ހުންނަ އަންހެނުންގެ ޖަގަހައިގައި ކަމަށާއި ތިމަރަފުށީގައި ބަހައްޓާ ވޯޓު ފޮށި ހުންނާނީ ތިމަރަފުށީ ކައުންސިލް އިދާރާ ކައިރީގައި ހުންނަ ހަޓް ގައި ކަމަށެވެ. 
އަދި އެދާއިރާގެ ތ. ގުރައިދޫގައި ބަހައްޓާ ވޯޓުފޮށި ގުރައިދޫ އޯލްޓޭސްޓްގައި ހުންނައިރު ތ. ގާދިއްފުށީގައި ބަހައްޓާ ވޯޓުފޮށި ހުންނާނީ ގާދިއްފުށީ ސްކޫލް ގައި ކަމަށްވެސް އެ ޕާޓީން ބުނެފަ އެވެ. 
އޭފްރީލް މަހު 14ގައި އޮންނަ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓަށް އެދުމަށް ހުޅުވާލި ފުރުސަތު އެމްޑީޕީގެ ޓިކެޓަށް އެދިފައިވަނީ އެންމެ މެންބަރެކެވެ. އެހެން ކަމުން އެދާއިރާގެ ޕްރައިމަރީ އިންތިހާބެއް ނުބޭއްވުމަށް އެމްޑިޕީން ވަނީ ނިންމާފަ އެވެ.
    
    ތިމަރަފުށީ ދާއިރާ އެމްޑީޕީ ޕްރައިމަރީ މާދަމާ ހަވީރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ