މެމްބަރު އާމިރަށް 19 މިލިއަން ރުފިޔާ ދިނުމަށް ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ހިންގާ ދެ ސްޓޫޑިއޯގެ ސާމާނާއި ތަކެއްޗާއި މީހުން ބޭނުންކޮށްގެން ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކޮށްފައިވާ މަސައްކަތުގެ އަގުގެ ގޮތުގައި، 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އެ ޕާޓީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ އާމިރު ހިންގާ ދެ ސްޓޫޑިއޯ ކަމުގައިވާ އެއިމް ކްރިއޭޝަނާއި އޭވީއެމް ޕްރޮޑަކްޝަންއަށް ދައްކަންޖެހޭ ފައިސާ އެ ޕާޓީން ދައްކާފައި ނުވާތީ ހުށަހެޅުނު މައްސަލަ ބަލައި ނިންމުމަށްފަހުއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ 2007، 2008، އަދި 2009 ވަނަ އަހަރު އެ ދެ ސްޓޫޑިއޯއިން ކޮށްދީފައިވާ މަސައްކަތުގެ އަގު ޑީއާރުޕީން އަދާކޮށްދީފައު ނުވާކަން، ދެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.
އެ ދެ ސްޓޫޑިއޯ އިން ޑީއާރްޕީއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ތެރޭގައި ޑީއާރުޕީން 2007 -2009 ށް ހިންގާފައިވާ ބައެއް ހަރަކާތްތައް ވީޑިއޯކޮށް އެޑިޓްކޮށް ވީޑިއޯ ހައިދިނުން ހިމެނެއެވެ.
އެހެންކަމުން މި މަސައްކަތްތަކުގެ އަގުގެ ގޮތުގައި 19،908،176 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި އާމިރަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ