ހިންމަފުށީ އަތިރިމަތީ ސްޓޭޖު ހުރި ތަނުގައި ދިޓީވީ އާއި ވީޓީވީ ބަލަމުންދާތީ ރަށު އޮފީހުން ކަރަންޓް ކަނޑާ މައްސަލަ އާ ގުޅޭ ގޮތުން ޕެޓިޝަނެއް ހުށަހަޅައިފި

14:30ކ. ހިންމަފުށީގެ އަތިރިމަތީގައި އަޅައިފައިވާ ރައްޔިތުންގެ ސްޓޭޖެއްގައި ދިޓީވީ އާއި ވީޓީވީ ބަލަމުންދާތީ އެކަމާ ހިތްހަމަނުޖެހިގެން އެތަނަށް ދީފައިވާ ރައްޔިތުންގެ ކަރަންޓް ރަށު އޮފީހުން ކަނޑަމުންދާތީ އެކަންތައް ހުއްޓުވުމަށް އެދި އެރަށުގެ ބަޔަކު ރައީސުލްޖުމްހޫރިއްޔާ އަށް ކޮޕީކޮށް ކަމާ ބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.ހިންމަފުށީގެ ރައްޔިތުންގެ ތެރެއިން 309 މީހަކު ސޮއިކޮށް، މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމަށް އެޑްރެސްކޮށް ފޮނުވައިފައިވާ އެ ސިޓީގެ ކޮޕީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި ހޯމް މިނިސްޓްރީއަށް ވެސް ވަނީ ފޮނުވާފަ އެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ހިންމަފުށީގެ ރައްޔިތުންގެ ސްޓޭޖަކީ މީގެ 10 ވަރަކަށް އަހަރު ރައްޔިތުންގެ އިޖުތިމާއީ ބޭނުންތަކަށް ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހަދާ ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށެވެ. އަދި އެތަނަށް ލާފައިވާ ކަރަންޓް ބޭނުންކުރަމުންދަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި އަދި މިގޮތަށް އެސްޓޭޖް ބޭނުންކުރަމުން ދިއުމުގައި ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވެގެން އެސްޓޭޖުގައި ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވެގެން މިދިޔަ އަހަރުގެ މެދުތެރޭގައި، ރަށު އޮފީހުން ހުއްދަ ދީގެން ބޮޑު ސްކްރީން ބޭނުންކޮށްގެން ޚަބަރާއި، ލޯކަލް ޗެނަލްތައް ބަލަމުންދަނިކޮށް، އެރަށުގެ ކައުންސިލަރ ފަރުހާދު އިބްރާހިމް އިންޖީނުގެ އަށް އަންގަވައިގެން އެތަނުން ކަރަންޓް ކަނޑާލުމުން ޕްރޮވިންސް އޮފީހުގައި އެދިގެން އަނެއްކާވެސް ކަރަންޓް ދީފައިވާ ކަމަށްވެސް އެޕެޓިޝަންގައިވެ އެވެ. ނަމަވެސް އަނެއްކާވެސް އެސްޓޭޖްގައި ވީޓީވީ އާއި ދިޓީވީ ބަލަމުންދާތީ އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އަނެއްކާވެސް ކަރަންޓް ކަނޑާލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަންތައް އެގޮތަށް ވިޔަނުދެއްވުމަށް އެދި އެ ޕެޓިޝަންގައި ސޮއިކުރި ހުރިހާ ފާރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.މި ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ އަހުމަދު ސިރާޖު މިއަދު ބުނީ ޕެޓިޝަން ހުށަހެޅީ ރައްޔިތުންގެ ހަރަދުގައި އަޅާފައިވާ ސްޓޭޖަކަށް ރައްޔިތުންގެ މާލިއްޔަތުން ހަރަދުކޮށްގެން ދެމުން ގެންދާ ކަރަންޓް ކަނޑާލުމާއި އަނެއްވެސް އެ ކަރަންޓް ކަނޑާލަން އުޅުމާ ގުޅިގެން ކަމަށެވެ.މި ކަމާ ގުޅިގެން ހިންމަފުށީ ކައުންސިލަރ ފުއާދު އިބްރާހިމް މިއަދު ވިދާޅުވީ އެރަށު ސްޓޭޖަށް ދޫކޮށްފައިވާ ކަރަންޓް ކަނޑާލާފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން އެތަނުގެ ކަރަންޓް ބިލަށް ފައިސާ ދައްކާފައިނުވާތީ ކަމަށެވެ. އޭގެ ކުރިން ސްޓޭޖަށް ދޫކުރާ ކަރަންޓްގެ ބިލް ދައްކަނީ ރަށު އޮފީހުން ކަމުގައި ވީނަމަވެސް އެތަން އޭގެ ފަހުން ބޭނުންކުރަމުން އަންނަނީ ޑީއާރްޕީގެ ޖަގަހައެއްގެ ގޮތުގައި ޑީއާރްޕީގެ ސަޕޯޓަރުން އެކަނި ކަމަށްވެފައި ރައްޔިތުންގެ ފައިސާ އިން ހަރަދުކޮށްގެން އެކަންތައް އެގޮތަށް ގެންދިއުމުގެ ޒިންމާ އޭނާ ނަންގަވަން ބޭނުންނުވާ ކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ