އަސްކަރިއްޔާގެ ވެރިކަން ނިމުމަކަށް ގެނެއުމަށް މިސްރުގެ ރައްޔިތުން ގޮވާލައިފި.

ލިޔުނީ: އިބްރާހިމް މަބްރޫކްއަސްކަރިއްޔާގެ ވެރިކަން ނިމުމުކަށްގެނެސް ރައްޔިތުންގެ ވެރިކަމެއް ގެނެއުމަށް މިސްރުގެ ރައްޔިތުން އަނެއްކާވެސް ގޮވާލައިފިއެވެެ.އެތައް ހާސް ރައްޔިތުންނެއް މިހެން ގޯވާލައިފައިވަނީ މިދިޔަ ހުކުރު ދުވަހު ” އެއްބައިވަންތަކަމުގެ ހުކުރު ދުވަސް އަދި އަހަރަމެންގެ އެދުން” މި ޝިއާރުގެ ދަށުން ބޭއްވި ޙާއްސަ މުޒާހަރާގައެވެ.މުޒާހަރާގެ ބައިވެރިން ވީހާވެސް އަވަހަކަށް މިހާރު މިސްރުގައި ގާއިމުކޮށްފައިވާ އަސްކަރިއްޔާގެ ވެރިކަން ނިމުމަކަށް ގެނެއުމަށްގޮވާލައިފައިވެއެވެ. މީގެ އިތުރުން މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިން ވަނީ އިސްލާމީ ވެރިކަމެއް ގާއިމުކުރުމަށް ގޮވާލައިފައެވެ.ގިނަ ބަޔަކު އަދިވެސް މުބާރަކްގެ ސަރުކާރުގެ އޮފިސަލުން އަދުލް އިންސާފުގެ ކުރިމައްޗަށް ގެނެވިފައިނުވާތީ ނުރުހުން ފާޅުކުރެއެވެ.30 އަހަރަށްވުރެ ގިނަސްދުވަސް ވެފައިވާ ހުސްނީ މުބާރަކްގެ ވެރިކަން ރައްޔިތުން ނުކުމެ ނިމުމަކަށް ގެނެސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.މުބާރަކް ވެރިކަމުން އިސްތިއުފާ ދިނުމާ ގުޅިގެން މިލިޓަރީ ކައުންސިލުންވަނީ ވެރިކަމާ ހަވާލުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ