ޖަޕާނުގެ ލޯކަލް އިންތިޚާބުގައި އެ ޤައުމުގެ ރައްޔިތުން މިއަދު ވޯޓުލާން ފަށައިފި

ޓޯކިޔޯ : ޖަޕާނުގެ ލޯކަލް އިންތިޚާބުގައި އެޤައުމުގެ ރައްޔިތުން މިއަދު ވޯޓުލަމުން އެބަގެންދެއެވެ.
މިއީ ޖަޕާނަށް ދާދިފަހުން އައި ބިންހެލުމާއި ސުނާމީގެ ކާރިޘާއަށްފަހު އެޤައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބު ކަމަށްވާތީ މުޙައްލިލުން ވިދާޅުވާ ގޮތުގައި ޖަޕާނުގެ މުސްތަޤްބަލް ކުރަހާނީ މިއިންތިޚާބުގެ ނަތީޖާއިން ނެވެ.
އިންތިޚާބުގައި މިއަދު ހެނދުނު ވޯޓުލުން ފެށުނު އިރު ބޮޑުވަޒީރު ނަވްތޫ ކާން އުޅުއްވަނީ ބިންހެލުމާއި ސުނާމީގެ ކާރިޘާގައި ޙާލުގައި ޖެހުނު ސަރަޙައްދުތަކަށް ކުރައްވާ ޒިޔާރަތެއްގައެވެ.
ބިންހެލުމާއި ސުނާމީގެ ކާރިޘާގައި ޤައުމަށް ލިބުނު ގެއްލުންތަކާއި ރައްޔިތުންނަށް ޖެހުނު ނިކަމެތި ޙާލަތާ ކުރިމަތިލުމުގައި ޖަޕާން ސަރުކާރަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން މުޒާހަރާ ކޮށްފައިވެއެވެ.
ޚާއްސަކޮށް މިކާރިޘާގައި ގެއްލުންލިބުނު ފުކުޝީމާ ނިއުކްލިޔަރ ރިއެކްޓަރ ތަކުން ރޭޑިއޭޝަން ބޭރުވި މައްސަލައާ ކުރިމަތި ލުމުގައި ޖަޕާން ސަރުކާރު ފޭލްވެފައިވާ ކަމުގެ ޝަކުވާ އެޤައުމުގެ ބައެއް ފަރާތްތަކުން ކޮށްފައިވެއެވެ. -- ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ