18އަހަރު ނުވާ އަންހެން ކުއްޖާ ގޮވައިގެން ފިލިކަމަށް ބުނާ އިކްރާމް ވަނީ ސީރިޔާގައި

އާއާއިލާއަށް ނޭނގި 18 އަހަރު ނުވާ އަންހެން ކުއްޖަކު ގޮވައިގެން ފިލި ކަމަށް ބުނެ ހޯދާ މީހާ ސީރިއާއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އާއާއިލާއަށް ނޭނގި 18 އަހަރު ނުވާ އަންހެން ކުއްޖަކު ގެންދިޔަ ކަމަށް ބުނެ، ގދ. ރަތަފަންދޫ، ސީނުގެ، އިކްރާމް ވަހީދު (23 އ) އަހަރު ހޯދުމަށް ފުލުހުން، އޭނާގެ ފޮޓޯ އާންމުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ވީ ނިއުސްއަށް އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ތުރުކީ މަގުން ސީރިއާ އަށް އެތެރެވެފަ އެެވެ. އަދި ފުލުހުން އޭނާ ހޯދަން އިއުލާން ކުރިއިރުވެސް ފުރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ވީނިއުަސްއަށް އެނގިފައިވާ ގޮތުގައި އާއާއިލާއަށް ނޭނގި އޭނާ ގެންދިޔަ ކަމަށް ބުނާ 18 އަހަރު ނުވާ އަންހެން ކުއްޖާ މިހާރު ހުރީ އަންހެން ކުއްޖާގެ އާއިލާގެ ކައިރީގަ އެވެ.
ފުލުހުން ބުނީ އިކްރާމަކީ ފުލުހުންގެ ތަހުގީގެއްގައި ސުވާލުކުރުމުން އޭނާގެ ވަނަވަރާއި އަންހެން ކުއްޖާގެ ވަނަވަރު އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތުދީފައިވާތީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދަމުންދާ މީހެއް ކަމުގަ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި އާއިލާ އަށް ނޭނގި ގެންދިޔަ އަންހެން ކުއްޖާއާ އިކްރާމް ވަހީދުއާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ