އިނގިރޭސިވިލާކަށް ވަޑައިނުގެންނެވުމަށް ނަޝީދު ނިންމަވައިފި

ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުއްދަ ދެއްވި ނަމަވެސް އެކަން ކެންސަލް ކުރައްވައިފި ކަމަށް ރައީސް ނަޝީދުގެ އާއިލާއިން ބުނެފި އެވެ.
ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ފޭސްބުކްގައި ބުނެފައިވަނީ އެގޮތަށް ރައީސް ނަޝީދު ނިންމެވީ، އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަދެނީ ޝަރުތަކާ ނުލައި ކަމަށް ކުރިން ބުނި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އިނގިރޭސިވިލާތަށް ވަޑައިގެންނެވޭނީ ޒިންމާވާނެ މީހަކު ރާއްޖޭގައި ހުންނަ ގޮތަށް ކަމަށް އަންގަވާފައިވާތީ ކަމަށެވެ.
President Nasheed's daughter Meera Laila Nasheed on her father's decision today. #FreePresidentNasheed pic.twitter.com/tO1L6IQKod
— Shauna Aminath (@anuahsa) January 17, 2016
ފޭސްބުކް ޕޯސްޓްގައި މީރާ ވިދާޅުވެފައިވަނީ ބޭރަށް ވަޑައިގަތުމަށްފަހު ސަރުކާރުން ރައީސް ނަޝީދުގެ އަމަލުތަކާއިމެދު ހިތްހަމަ ނުޖެހިއްޖެނަމަ ވަގުތުން އެމީހަކު ހައްޔަރުކުރެވިދާނެ ކަމަށާއި މީހެއްގެ ސަލާމަތްތެރިކަން ނަގާލުމަށްފަހު ބޭރަށް ވަޑައިގަންނަވަން ރައީސް ނަޝީދު ބޭނުންފުޅު ނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ