ލޯބިވެރިޔާ އާއި އުފެދުނު ދެބަސްވުމެއްގައި ލޯބިވެރިޔާގެ ކަންކަށިމަތީގައި ޖެހި އެމެރިކާ އަންހެނަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އެމެރިކާގެ ނިއު ހެމިސްފިއާގައި ހިނގި މިހާދިސާގައި ލޯބިވެރިޔާގެ ކަންކަށިމަތީގައި ޖަހައިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 21 އަހަރުގެ އަލީސާ ފެރާރޯ ކިޔާ އަންހެނެކެވެ.
ފުލުހުން ބުނީ ފެރާރޯ ހައްޔަރު ކުރީ ލޯބިވެރިޔާ އާއި އެކު މޮނޮޕޮލީ ކުޅެން ތިބެފައި އުފެދުނު ދެބަސްވުމެއްގައި އޭނާގެ ލޯބިވެރިޔާގެ ކަންކަށިމަތީގައި ޖެހި މައްސަލައިގައި ކަމަށެވެ.
ފެރާރޯ އޭނާގެ ކަންކަށި މަތީގައި ޖެހުމުން ފެރާރޯގެ ލޯބިވެރިޔާ ވަނީ ވަގުތުން 119 އަށް ގުޅާ މައްސަލަ ރިޕޯޓް ކޮށްފަ އެވެ. އެމީހުން ދިރުއުޅެމުން ދިއަ ގެއަށް ފުލުހުން ގޮސް ސުވާލުކުރުމުން ފެރާރޯގެ ލޯބިވެރިޔާ ބުނީ އޭނާ އަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށާއި އަދި ސިއްހީ އެހީތެރިކަމެއް ވެސް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ލޯބިވެރިޔާ ދޭ މިފަދަ އަނިޔާތަކަށް އޭނާ އަށް ކެއް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ފުލުހުން ފެރާރޯ ހައްޔަރު ކޮށް ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު ފެރާރޯ މިވަގުތު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
ލޯބިވެރިޔާގެ ކަންކަށި މަތީގައި ޖެހި އަންހެނަކު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ