ރައްޔިތުން މަޖިލީހުގެ ކާށިދު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް ދިން ހއ. ބީނާފުއްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަންގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރީ ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު 2013 ގައި ސަރުކާރުން ޔޮޓް ޓުއާސް އަށް ދީފައި ވަނިކޮށް އެތަނުުގެެ އެއްބަސްވުން އުވާލައި އެތަން އަތުލި މައްސަލަ ޔޮޓް ޓުއާސް އިން ކޯޓަށް ހުށަހެޅުމުންނެވެ.
ބީނާފުއްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ އެތަނުގެ ކުއްޔާއި ޖޫރިމަނާ ނުދައްކައިގެންނެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ އެ ދެ ތަނުގެ އެއްބަސްވުން އުވާލައި، ސަރުކާރުން ފޮނުވި ނޯޓިސްއަކީ އެއްބަސްވުމާ އެއްގޮތަށް ފޮނުވި ނޯޓިހެއް ކަމަށާއި އެހެންވެ އެ ނޯޓިސް ބާތިލް ނުކުރެވޭނެ ކަމަށެވެ.
ކުލި ނުދައްކާ ނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދައުލަތަށް އޮންނާނެ ކަމަށާ އެ ތަނުގެ ކުއްޔާއި ޖޫރިމަނާއަށް ޔޮޓް ޓުއާސް އިން އެއްބަސްވެފައި ވިޔަސް އެ ފައިސާ ދައްކާފައި ނުވާ ކަމަށްވެސް ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން ކޯޓުން މައްސަލާގައި ގޮތެއް ނިންމަންދެން އެ ދެ ތަން އެހެން ބަޔަކަށް ދިނުން ހުއްޓުވުމުގެ އަމުރެއް ނެރެ ދިނުމަށްވެސް ޔޮޓް ޓުއާސް އިން މީގެ ކުރިން ކޯޓުގައި އެދިފައިވެ އެވެ. ނަމަވެސް ކޯޓުން ވަނި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކުރިން ނިންމާފަ އެވެ.
ހއ. ބީނާފުއްޓާއި ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ