އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ކަނޑައަޅާފައިވާ ބަޖެޓު ބޮޑު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަންނަ އަހަރު އެ ޑިޕާޓްމެންޓަށް ކަނޑައަޅާފައިވާ ބަޖެޓަށް 100 މިލިއަން ރުފިޔާ އިތުރު ކުރުމަށް ތާއީދު ކުރެއްވި ނަމަވެސް އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ހަތަރު ބޭފުޅުން ކަމަށްވާތީ އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.
ޕީޕީއެމްގެ ފަރާތުން ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ ބަޖެޓު ކޮމެޓީގެ ނުރަސްމީ ސިއްރު ބައްދަލުވުމަކަށް ޑީޖޭއޭ ހާޒިރު ކުރުމަށް ފަހު އެބޭފުޅުންގެ ކަންބޮޑުވުންތައް ބެލުމަށް ފަހު ފިނޭންސް މިނިސްޓަރާ ބައްދަލު ކުރެއްވުމަށެވެ.
މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވީ ބަޖެޓުގައި އޮތް ގޮތަށް ނިންމުމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޑީޖޭއޭ އަށް ހިމަނާފައި ވަނީ 367 މިލިއަން ރުފިޔާ އެވެ.
މެމްބަރު ރިޔާޒާއި، މެމްބަރު އަސްމާގެ ހުށަހެޅުއްވުމަށް ވޯޓު ލިބުނީ އެއްވަރަކަށެވެ. ކޮމިޓީގެ ރިޔާސަތުން ވޯޓަށް އެހުމުން އެ ދެ ހުށަހެޅުމަށް ވެސް ލިބުނީ ހަ ވޯޓެވެ. އެހެން ކަމުން ކޮމިޓީގެ ރިޔާސަތުން، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނުގެ ވޯޓާ އެކު ފާސްވެގެން ދިޔައީ އަސްމާގެ ހުށަހެޅުއްވުމެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާރު ކޯޓުތަކުގައި މަސައްކަތްކުރައްވަމުންގެންދަވާ ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ވެސް ހަމަޖެއްސޭ ވަރުގެ ބަޖެޓެއް ނޫންކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
2015 ވަނަ އަހަރުގެ ބަޖެޓަށްވުރެ އަންނަ އަހަރުގެ ބަޖެޓުން 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ އުނިކޮށްފަ އެވެ.
ޝަރުއީ ދާއިރާގެ ބަޖެޓު ބޮޑު ނުކުރަން ކޮމެޓީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ