ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބަޔަކު މަގުމަތިން ދިމާކޮށްލައި ހުތުރު އެއްޗިހި ގޮވައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދާ ބަޔަކު މަގުމަތިން ދިމާކޮށް ހުތުރު އެއްޗިހި ގޮވައިފި ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފި އެވެ. އެ ޑިޕާޓްމަންޓުން ބުނީ ފަނޑިޔާރު ހުކުރުން ވަޑައިގަންނަވަނިކޮށް ބަޔަކު ދިމާކޮށް ހުތުރު ބަހުން މުހާތަބުކުރި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. އަދި ފަނޑިޔާރާ ދިމާކުރި ނަމަވެސް ގަޔަށް އަތްލުން ފަދަ ކަމެއް ކޮށްފައި ނުވާ ކަމަށް ބުންޏެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ސައީދާ ބަޔަކު ދިމާކުރީ ޔޫއެން ބިލްޑިންގް ކައިރިންނެވެ. އަދި ފަނޑިޔާރާ ދިމާކުރި މީހުން ހުއްޓުވީ ޔޫއެން ބިލްޑިންގުގެ ފޯރިއަށް ތިބި ފުލުހުން ކަމަށްވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބަޔަކު ކުރިމަތިލާފައި ވާއިރު މިއަދު ވަނީ ގައުމީ ޕާޓީގެ އަމީން އާންމު އަބްދުﷲ އަމީނާ ވެސް ބަޔަކު ދިމާކޮށް އޭނާ އަށް ހަމަލާ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ