އެމްޑީޕީ ގދ. ދާއިރާގެ ރައީސް ސަލީމް ކުއްލި ގޮތަކަށް ނިޔާވެއްޖެ

މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީ (އެމް.ޑީ.ޕީ) ގެ ގދ. ދާއިރާގެ ރައީސް، ގދ. ތިނަދޫ، ނަރުގިސް، މުހަންމަދު ސަލީމް ކުއްލި ގޮތަކަށް މިއަދު މެންދުރު ލަންކާގައި ނިޔާވެއްޖެ އެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ސަލީމު ނިޔާވީ ހިތް ހުއްޓިގެން ކަމަށާއި އޭނާ އަކީ ނޭވާލުމުގެ ނިޒާމުގެ ބައްޔެއް ހުންނަ މީހެއް ކަމަށެވެ.
އޭނާ ބުނީ، ސަލީމު ލަންކާއަށް ދިޔައީ އޭނާގެ އާއިލާ ލަންކާއަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އެކަން ނިމުނު ނަމަވެސް އޭނާ އެނބުރި ރާއްޖެ ނައިސް މަޑުކޮށްގެން ހުރީ މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) އާ އެކު ރާއްޖެ އަންނަން ކަމަށެވެ.
ސަލީމުގެ އަންބަކާއި ތިން ކުދިން ތިބެ އެވެ.
ސަލީމަކީ ގދ. އާއި ގއ. ގައި އަމްޑީޕީގެ ހަރަކާތްތައް ހިންގުމުގައި ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ކޯޑިނޭޓަރެއްގެ ގޮތުން ވެސް އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ. އެ މައްސަލައިގައި ގައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް މިހާރު ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ