ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 5 ބިލިއަން ރުފިޔާ، 155 މިލިއަން ރުފިޔާގެ ފައިދާއެއް

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ޖުމުލަ އާމްދަނީ ފަސް ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 188 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާއަކީ 155 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަަލާއިރު 3.2 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި މިދިޔަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، އޭޕްރީލުން ޖޫން މަހުގެ ނިޔަލަށް ހޭދަވި ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އަކީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 22 ޕަސަންޓުގެ އިތުރުވުމެކެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ޖުމުލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، 11.4 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި 469 މިލިއަން ރުފިޔާ ލިބުނު އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 457 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ