ދުންފަތާ ދެކޮޅަށް ކުރެއްވި މަސައްކަތަށް ރައީސަށް އެވޯޑެއް ލިބުމުން ހާމަވަނީ އިޚުލާސްތެރިކަން: ޕީއެންސީ
ދުންފަތާ ދެކޮޅަށް ކުރެއްވި ކަންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެވޯޑެއް ލިބުމުން ދިވެހީން ހާސިލުކަން ބޭނުންވި އަސާސްތައް ހާސިލުކޮށްދެއްވުމުގައި އެމަނިކުފާނު ކުރައްވާ މިންނެތް މަސައްކަތުގެ އިޚްލާސްތެރިކަން ދައްކުވައިދޭ ކަމަށް ޕީއެންސީން މިއަދު ބުނެފިއެވެ. ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް ރޭ އެމަނިކުފާނަށް ވަނީ ދެއްވާފައެވެ. https://sun.mv/206683 އެކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ، އެމަނިކުފާނުގެ ތަސައްވުރަކީ ބަވަނަވެފައިވާ ދުނިޔެއެއްގައި ރައްޔިތުންނަކީ ތަހުޒީބާއި ތަމައްދުންގެ އެންމެ އުހުގައި ފައިހަމަ ކުރެވޭ ބައެއްގެ ގޮތުގައި ހެއްދެވުން ކަމަށެވެ. ރައްޔިތުންގެ ދުޅަހެޔޮކަމަށް އެމަނިކުފާނު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެކަންކަން ފާހަގަކުރެވިގެން ދިޔުމަކީ މި ޕާޓީގެ ވެރިކަމަކުން ދިވެހީން ހާސިލުކުރަން ބޭނުންވި، އަސާސްތައް ހާސިލުކޮށްދިނުމުގައި އެމަނިކުފާނު ކުރައްވާ މިންނަތް މަސައްކަތްޕުޅުގެ އިޚްލާސްތެރިކަން ދައްކުވައިދޭ އަލިގަދަ ހެއްކެއްޕީއެންސީ އެ އަމާޒު ހާސިލުކުރެވޭނީ މުޖުތަމައުގެ ދުޅަހެޔޮކަން ހާސިލުކޮށްގެން ކަމަށްވާއިރު، އެކަމަށް ކުރައްވާ ބުރަ މަސައްކަތްތަކުން އަވަސް ނަތީޖާތަކެއް ފެންނާތީ އެކަން އުފަލާއެކު ބަލައިގަންނަ ކަމަށް ޕީއެންސީން ބުނެފައިވެއެވެ. ދިވެހީން އަބަދުވެސް އެދެމުން އަންނަ މަންޒިލަށް ރާއްޖެ ގެންދިޔުމުގައި ރައީސް މުއިއްޒާއެކު އެ ޕާޓީން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ ރައްޔިތުންނަށް ދީފައެވެ. ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ. މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ