ކުރިއަށް އޮތް ރަމަޟާން މަހު ކައިވެނިކޮށްދޭނެ ވަގުތުތައް ފެމިލީ ކޯޓުން އިއުލާންކޮށްފިއެވެ.
ކޯޓުން ބުނީ ރަމަޟާން މަހާއި، އެއާ ވިދިގެން އަންނަ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެކޯޓުން ކައިވެނިކޮށްދޭނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ގަޑިތަކެއްގައި ކަމަށެވެ.
ފެމިލީ ކޯޓުން މިހާރު ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދެނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރު ފަހު 1:00 އިން ފެށިގެން 1:30 އަށެވެ. އަދި، ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.
އެކޯޓުން އާންމުކޮށްފައިވާ ގަޑިތަކަށް ބަލާއިރު، ރަމަޟާން މަހު ކައިވެނިކޮށްދިނުމަށް ހަމަޖައްސާވައިވަނީ ރަސްމީ ގަޑީގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. އަދި ނުރަސްމީ ގަޑީގައި ރޭގަނޑު 9:30 އިން 11:00 އަށެވެ.
ފެމިލީ ކޯޓުން ކުރިން ވަކި ދުވަސްތަކެއްގައި ކައިވެނިކޮށްދޭ އުސޫލެއް ގެންގުޅުނު ނަމަވެސް މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދެއެވެ.
ރޯދަމަހު ކައިވެނި ކޮށްދޭނެ ތާރީޚުތައް ފެމިލީ ކޯޓުން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ