ވީއައިއޭ އިން އެއް ގަޑިއިރަށް ކަރަންޓު ކަނޑާލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު އެއް ގަޑިއިރަށް ކަރަންޓު ކެނޑުމަށް ނިންމައިފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހަވީރު 5 އިން 6 ޖެހުމާ ހަމައަށް ކަމަށެވެ.
އެއް ގަޑިއިރަށް އެއާޕޯޓުން ކަރަންޓް ކެނޑުމަށް ނިންމީ އެމްއޭސީއެލްގެ ކަރަންޓް ނެޓްވޯކާއި ގްރޭޓާ މާލޭ ކަރަންޓް ނެޓްވޯކް ސިންކްރޮނައިޒް ކުރުމަށް ސްޓެލްކޯއާ ގުޅިގެން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ކުރުމަށް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އެމްއޭސީއެލުން ވަނީ މުޅި އެއާޕޯޓުން ކަރަންޓް ކަނޑާލުމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.
ވީއައިއޭ އިން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާއިރު މިއަދު ފަތިހު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި މާލެ އިން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ