މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު ސަބަބު ބުނެދީފި
މާލެ ސިޓީގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ކެނޑުނު ސަބަބު ސާފުކޮށްދީފި އެވެ.ސްޓެލްކޯ އިން މިރޭ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓް ކެނޑުނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރެއްގެ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ކަރަންޓު ކެނޑުނު ގިނަ ސަރަަހައްދު ތަކަކަށް މިހާާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށެވެ."މައްސަަލަ ދިމާވި ޓްރާންސްފޯމަރު ހިމެނޭ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް މިހާރު ވަނީ އެނަޖައިޒް ކުރެވި އެފީޑަރު ތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހިސާބުތަަކަށް އަލުން ކަރަންޓު ދެވިފައި. އެނަޖައިޒް ނުކުރެވިވާ ފީޑަރު އެނަޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު މުޅި މާލޭން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ