ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ރައީސް މުހައްމަދު މުއިއްޒު، އެ ގައުމުގައި ތިބި ދިވެހިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެ އާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން، ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރުގައި ތިބި ދިވެހިންނާ މިއަދު ބައްދަލު ކުރެއްވިކަން ރައީސް އޮފީހުން މިރޭ ވަނީ ހާމަ ކޮށްފަ އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނިގޮތުގައި:
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައި
އަދި އެ މީހުންގެ ހާލުއަހުވާލު ބައްލަވައިލައްވައި، ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވި
މި ބައްދަލުކުރެއްވުމުގެ ތެރެއިން ރައީސްގެ ދެކަނބަލުން ބައިވެރިންނަށް ފަރިއްކޮޅެއް ދެއްވި
މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސިންގަޕޫރުގައި ތިބި ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ