މިއީ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން އެދިއްޖެ

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އިން ބުނާ ގޮތުން ،އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ، މިދުވަސްވަރަކީ އެންމެ ހޫނުގަދަ ދުވަސްވަރަށް ވުމުގެ އިތުރުން ރޯދަމަހާ ދިމާވެފައިވާތީ، ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން އިލްތިމާސްކޮށްފަ އެވެ.
އެގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށްވެސް އެ ކުންފުނިން އިލްތިމާސްކުރި އެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނާ ގޮތުން، މިމަހު ރާއްޖޭގެ ހޫނުމިން އާންމު ގޮތެއްގައި އުޅޭނީ 29.6 ނުވަތަ 29.7 ޑިގްރީ ސެލްސިއަސްގަ އެވެ. އެގޮތުން އެންމެ ބޮޑަށް ހޫނުވުމުގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއާއި އުތުރަށް ކަމަށާއި އާންމުގޮތެއްގައި ރޯދަމަހުގެ މެންދުރު 14:00 އަކީ އެންމެ ހޫނުގަދަވާ ވަގުތު ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ