ޝަަރުޢީ ދާއިރާގެ ކްލަބުތަކާއި ޖަމިއްޔާ އުފެއްދޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން

ދިވެހިރާއްޖޭގެ ކޯޓުތަކާއި ޝަރުޢީ ދާއިރާގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ކްލަބު ޖަމިއްޔާތައް އުފެއްދޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައިފިއެވެ.
މިކަން މިގޮތަށް ހަމަޖައްސާފައި ވަނީ، ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ސާކިއުލަރއެއްގައެވެ.
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވައި ނެރުއްވާފައިވާ އެ ސާކިއުލަރގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޝަރުޢީ ދާއިރާގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ކްލަބު ޖަމިއްޔާތައް އުފެއްދޭނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށެވެ.
އަދި، އެ ކްލަބު ނުވަތަ ޖަމިއްޔާއެއްގެ ހަރަކާތްތައް ހިންގަން ޖެހޭނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބެލުމުގެ ދަށުން ކަމަށް ވެސް އެ ސާކިއުލަރގައި ބުނެފައިވެއެވެ.
ޝަރުޢީ ދާއިރާގެ ކްލަބު ޖަމިއްޔާ އުފައްދައި ހިންގަން ވާނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބެލުމުގެ ދަށުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިރު، އާންމު އުސޫލެއްގެ ދަށުން ހުރިހާ ކްލަބު ޖަމިއްޔާ ފަދަ ތަންތަން ރަޖިސްޓްރީކޮށް، ހިންގަނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ބެލުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ