ގއ މާމެންދޫ ސްކޫލްގައި 7.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިތުރު ނުވަ ކްލާސްރޫމް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ އަޒްރޯވާ ކުންފުންޏާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖަރު މުހައްމަދު ތައުފީގެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލެވެ.
އެއްބަސްވުމުގެ ދަށުން އަޅާ ނުވަ ކްލާސްރޫމް އަޅަނީ ތިން ބުރީގެ އިމާރާތެއްގައި އެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމަން ޖެހެ އެވެ.
މާމެންސޫ ސްކޫލަކީ ގްރޭޑު އެކަކުން 12 އަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލްގައި 300 އަށް ވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރާއިރު ކިޔަވައިދިނުމަށް 12 ކްލާސް ރޫމް ހުރެ އެވެ.
މާމެންދޫގައި އިމާރާތް ކުރާ ކްލާސް ރޫމްތަކަކީ ސަރުކާރާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށްގެންދާ އެންހޭންސިން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީއީޑީޕީ)ގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކުގައި 63 ކްލާސް ރޫމާއި ތިން މަލްޓިޕާޕަސް ހޯލާއި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ އެވެ. މި ޕްރޮޖެކްޓުތަކުގެ ޖުމްލަ އަގަކީ 72 މިލިއަން ރުފިޔާ އެވެ.
އީއީޑީޕީގެ ދަށުން މާމެންދޫ ސްކޫލް ތަރައްގީ ކުރުމަށް 7.8 މިލިޔަން ރުފިޔާ ހަރަދު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ