ކެނދިކުޅުދޫގެ މަގުތައް އެއްވަރުކުރުމުގެ މަސައްކަތުގައި ރައްޔިތުން

(ނ.ކެނދިކުޅުދޫ) މިރަށު ރައްޔިތުންވެގެން ނިކުމެ މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވި ކައުންސިލަރަކު ވިދާޅުވި މި މަސައްކަތަކީ މިރަށުގެ ސްކޫލް ބަސް ދުއްވާ މަގުތަކުގައި ހުރި އަޑިގުޑުންތައް ރަނގަޅުކުރުމަށްޓަކައި ފެށި މަސައްކަތެއްކަމަށެވެ. މި މަސައްކަތަަށް ހޭދަވަނީ އާންމުކޮށް ތިން ދުވަހެއެވެ. އިއްޔެ ފެށި މި މަސައްކަތުގައި ރަށުގެ ފިރިހެންވެރިންގެ އިތުރުން އަންހެނުންވެސް ވަނީ އަތް ގާތް ކުުުރުމުގައި ބައިވެރިވެފައެވެ.
"އަހަރެމެންގެ ދަރިންނަށްޓަކައި ކޮށްދޭކަމެއް މީ. ސްކޫލް ބަސް ދުއްވާއިރު މަގުމަތި މިކަހަލަ އަޑިގުުޑުންތައް ހުންނަނަމަ ބަސްފުރޮޅުން ކަހަލަ ހާދިސާ ދިމާވެދާނެ." އެ މަސައްކަތުގައި އުޅުނު މީހަކު ބުންޏެވެ.
މި ރަށުގައި ކުރިއަށްދާ އެ މަސައްކަތް މީގެ ކުރިންވެސް ވަނީ ހިންގާފައެވެ. ކޮންމެ އަހަރަކު ދެތިން ހަތަރު ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ވެސް އެ މަސައްކަތްކުރެއެވެ.
މިރަށަކީ ގިނަ އަދަދެއްގެ ދުއްވާތަކެތި ދުއްވާ ރަށެކެވެ. 300 އެއްހާ ސައިކަލާއި، 1000 އަށްވުރެ ގިނަ ބައިސްކަލުގެ އިތުރުން ހަވަރަކަށް ކާރު މިރަށުގައި އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ