17 އަހަރުގެ ކުއްޖަކު ރަށްމެދަށް ވިހައިފި

ބ. ކަމަދޫގައި 17 އަހަރުގެ ކުއްޖަކު ބަލިވެ އިދެ އެކަނިމާ އެކަނި މިއަދު ވިހައިފި އެވެ.
އެ ރަށުން ވާހަކަދެއްކީ މީހަކު މިއަދު ބުނީ މީހަކާވެސް ނީދެ އުޅޭ 17 އަހަރުގެ އެ ކުއްޖާ ވިހެއީ މިއަދު ހެނދުނު ކަމަށާއި ވިހެއުމުގެ ކުރިން އޭނާ ބަނޑުބޮޑުކަން އެއްވެސް މީހަކަށް ނޭންގޭ ކަމަށެވެ. އޭނާ ބުނީ އެ ކުއްޖާ އަކީ މިދިޔަ އަހަރު ސްކޫލް ނިންމި ކުއްޖެ ކަމަށާއި ވިހޭ ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ. އަދި ބުނީ ވިހެއުމަށް ފަހު އޭނާގެ ހާލު ދެރަ ކަމަށެވެ.
"ލަފާ ކުރެވެނީ ފަސް މަހުގައި ކަމަށް ވިހެއީ، އެ ކުއްޖާއަކީ ހަށިގަނޑުން ތަންކޮޅެއް ބޮޑުކޮށް ހުންނަ ކުއްޖެއް އެއީ، އޭނާ ބަނޑުބޮޑުކަން އާއިލާމީހުންނަށްވެސް އެ ގުނީ މިއަދު ވިހެއިމައި،" ނަން ނުޖެހުމަށް ޝަރުތުކޮށް އެ މީހާ ބުންޏެވެ.
ފުލުހުން ބުނީ ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.
ކުރިންވެސް ވާހަކަދެއްކި މީހާ ބުނީ އެ ކުއްޖާ ވިހެއީ އެކަނިމާ އެކަނި ފާހާނާގައި އިދެގެން ކަމަށެވެ. އަދި އެ ކުއްޖާއަކީ ޖިންނި މޮޔަވާ ކުއްޖެއް ކަމަށާއި ބަނޑުބޮޑުވެ ވިހެއީވެސް ޖިންނިއެއްގެ ދަރިއެއް ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށްވެސް ބުންޏެވެ.
އެ ކުއްޖާ މިހާރު އޮތީ ކަމަދޫ ސިއްހީ މަރުކަޒުކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ