ހުމާމްގެ ޝަރީއަތް ކުރިއަށްދާތީ އެމްޑީޕީ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރިއަށް އެއްވެއްޖެ

ޑރ.އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގައި މަރަން ދަށު ކޯޓުން ޙުކުމް ކޮށްފައިވާ ހުސެއިން ހުމާމްގެ ޝަރީއަތް މިރޭ ސުޕްރީމް ކޯޓުގައި ފެށުމާއި އެކު ކޯޓު ކައިރިއަށް އެމްޑީޕީ ސަޕޯޓަރުން އެއްވެއްޖެއެވެ.
ސުޕްރީމް ކޯޓު ކައިރިއަށް އެއްވި މީހުން ފަހަތައް ޖެއްސުމުގައި އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
އެސަރަހައްދުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ދެމީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ސުޕްރީމް ކޯޓު ކައިރިއަށް އެއްވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އޭނާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ