މިދިޔަ ރިޔާސީ އިންތިޙާބު ތެރޭގައި ސިހުރު ހާދަ ސްރީލަންކާގެ މީހަކު ރާއްޖެ ގެނެސް ރިސޯޓެއްގައި އޭނާ ބަހައްޓައިގެން ގާސިމް ސިހުރު ހެދިކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފިއެވެ.
ގާސިމްގެ "ވިލާ ޓީވީ" ގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ "ފަންޑިތަ ހަދާ މީހަކު ޕެރަޑައިސް ގައި ހުރިކަން އެނގިފައި ނެތް" ކަމަށެވެ.
އަދި އޭނާ އާއި އެފަދަ މީހަކު ބައްދަލު ކުރިކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ނުދެނެހުރިން އަޅުގަނޑާ މީހަކު ބައްދަލުކުރި ކަމެއް ވެސް، އަދި ޕެރެޑައިސް އައިލެންޑުގައި މީހަކު ހުރެގެން ފަންޑިތަ ހަދައިދިން ކަމެއް ވެސް. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް އެނގިފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
ފަންޑިތަ ހަދާ މީހެއްގެ އެހީ ހޯދާފައެއް ނުވާނެ – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ