ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފުގެ ފޮޓޯއެއް މަގުމަތިން ނަގައި އިންޒާރުދިން ކަމަށް ބުނެ ހުށަހެޅި މައްސަލަ ހެކި ނެތިގެން ފައިލްކޮށްފިއެވެ.
އެ މައްސަލަ ފައިލްކޮށްފައިވާކަން އަންގާފައިވަނީ މިއަދުއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މިއަދު އަޑުބަރޭއަށް ފޮނުވާފައިވާއިރު، އެ ރިޕޯޓްގައި ވަނީ "ތިޔަ ފަރާތުގެ މައްޗަށް ތުހުމަތުކުރެވި މި ސާވިސް އިން ބަލަމުންދިޔަ މައްސަލައިގާ ދައުވާކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މައްސަލަ މިސާވިސްގައި ފައިލް ކުރެވިފައިވާ ވާހަކަ ދަންނަވާ" ކަމަށެވެ.
މި މައްސަލާގައި އަޑުބަރޭ ހައްޔަރުކޮށްފައިވެސް ވެއެވެ. އަޑުބަރޭ ހައްޔަރުކޮށްފައިވަނީ، އަމީނީމަގު ހެޕީ މާކެޓު ކައިރިންނެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރު ދެއްކުމަށްފަހުއެވެ.
އެ މައްސަލައާއި ގުޅިގެން ބާރީ ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އެ މީހާ ފޮޓޯ ނަގާފައި ވަނީ"ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ ފޮޓޯ ނަގާނަމޭ" ބުނެއެވެ.
ބާރީ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ނުރުހުމުގައި ބާރީގެ ފޮޓޯ ނަގައި އިންޒާރުދިން ކަމަށް ވިދާޅުވެއެވެ. އެމީހާއާ މެދު ފިޔަވަޅު އެޅުއްވުމަށް ބާރީ ވަނީ އެދިވަޑައިގެންފައެވެ. އެ ފޮޓޯ ނަގާފައިވަނީ ޖަސްޓިސް ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ބާރީ ފޮނުއްވި ސިޓީގައެވެ އެވެ. އެ ހާދިސާ ހިނގާފައިވަނީ ހަވީރުގެ ވަގުތެއްގައި ކަމަށް އޭނާ ވަނީ ސިޓީގައި ވިދާޅުވެފައެވެ. ސިޓީގައި ވިދާޅުވީ އެ ފޮޓޯ ނަގާފައިވަނީ ސައިކަލެއްގައި ދިޔަ މީހެއް ކަމަށެވެ.
ގާޒީ ބާރީގެ ފޮޓޯ ނަަަގައި އިންޒާރުދިން މައްސަލާގައި ހެކި ނެތިގެން އެ މައްސަލަ ފައިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ