2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އުމަރު ނަސީރު ވާދަކުރުމަށް ނިންމަވާ އެކަން އިއުލާން ކުރައްވައިފިއެވެ.
އުމަރު އެކަން އިއުލާން ކުރެއްވީ ޓްވިޓަރ މެދުވެރިކޮށެވެ.
އުމަރުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ "އަހަރެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމައިފިން" އެ ޓްވީޓުގައިވެއެވެ. މި ނިންމެވުން ނިންމަވާ އުމަރު އިއުލާން ކުރެއްވީ އުމަރު ވެސް ނިންސްބަތްވާ ޕީޕީއެމްގެ ތެރޭގައި ބޮޑެތި ކޯޅުންގަނޑެއް އުފެދިފައިވާ ދުވަސްވަރެއްގައެވެ.
އިއްޔެ ރައީސް މައުމޫން އެކުލަވާލެއްވި ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ އުމަރަކީ މިހާރު ޕީޕީއެމްގެ ތެރޭގައި އުފެެދިފައިވާ ޚިޔާލު ތަފާތުވުން ތަކުގެ ތެރޭގައި ރައީސް މައުމޫނަށް ތާއިދު ކުރައްވާ މަދު ސީނިއާ ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ.
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ހުންނެވި ކޮންމެ ތަނެއްގައި ވެސް އުންމީދެއް އޮންނާނެ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުމަރު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ