ސީޕީގެ މަގާމަށް އަހުމަދު ޝިހާން އައްޔަންކޮށްފި

ރައީސް އަބްދުﷲ ޔާމީން، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް، އަހުމަދު ޝިހާން އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ، މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ޝިހާން އެ މަގާމަށް އައްޔަންކުރެއްވިއިރު، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުޝާމް އެ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބަލަމުންދާ މައްސަލައަކާ ގުޅިގެން، ހުޝާމް ގޭގައި މަޑުކުރުމަށް ހޯމް މިނިސްޓްރީން ވަނީ ދާދިފަހުން ހުޝާމްއަށް އަންގަވާފައެވެ.
ހުޝާމް ގޭގައި މަޑުކުރަން އެންގީ ފާއިތުވި ހަފްތާއެއްހައި ދުވަސް ތެރޭގައި ކަރެކްޝަނަލް ސާވިސް އިން ވަރަށް ބޮޑެތި ނިންމުންތަކެއް ނިންމާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭސްފަރުވާގެ 30 ދުވަހުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފަހު އެނިންމުން ބަދަލުކޮށް އެ 30 ދުވަސް އަނބުރާ ގެނައުން ފާހަގަ ކުރެވެއެވެ.
ހުޝާމްގެ ބަދަލުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް ހިންގުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލުއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ