ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ތައްޔާރަށް ތިބިކަން ހުވަދު އަތޮޅު އުތުރުބުރީގެ ރައްޔިތުން ދައްކުވައިދީފިއެވެ.ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފާއިތުވި ފަސް އަހަރު ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނެސްދެއްވާފައިވާކަން އެންމެންވެސް ޤަބޫލު ކުރެއެވެ. ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގާފައިވާއިރު، ހުވަދު އަތޮޅު އުތުރުބުރީގައިވެސް އެމަނިކުފާނުވަނީ ގިނަ ގުނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްފައެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަައިގަތުމުގެ ކުރިން އެ އަތޮޅުގައި ކުރިއަށް ގެންގޮސްފައިވަނީ އެންމެ 25 މަޝްރޫޢުއެވެ. 8،000އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އުޅޭ އެ އަތޮޅުގައި އެންމެ ފަންސަވީސް މަޝްރޫޢަކީ އެ އަތޮޅުގައި ދިރިއުޅޭ ރައްޔިތުނާ މެދު ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ މިންވަރު ދައްކުވައިދޭ އެއް ހެއްކެވެ. ރައީސް ޔާމީންގެ ޒަޢާމަތުގައި މާލެއާއި މާލެ ކައިރީގެ ރަށްތައް ތަރައްޤީކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތާ އެއްވަރަށް ގއ އަތޮޅު ތަރައްޤީކުރުމަށްވެސް އެމަނިކުފާނުވަނީ އެތައް މަސައްކަތެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ އެ އަތޮޅުގައި މިހާތަނަށް 134 މަޝްރޫޢު ކުރިއަށްގެންދަވާފައެވެ. އެ އަތޮޅަށް ރައީސް ޔާމީން ގެނުއްވައިދެއްވި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި އެކި ރަށްރަށުގެ ފަޅު ފުން ކޮށްދެއްވުމާއި، އެ އަތޮޅަކީ މަސްވެރިކަން އެންމެ ބޮޑަށް ކުރާ އެއް އަތޮޅަށް ވުމުން އެއަތޮޅުގެ އެކި ރަށްރަށުގައި އައިސް ޕްލާންޓްތައް ޤާއިމުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ބޭންކުގެ މުޢާމަލާތްކުރުމަށް އެ އަތޮޅުގެ ރައްޔިތުންނަށް ދިމާވަމުން ދިޔަ ދަތިތައް ނައްތާލައި ގިނަ ރަށްތަކުގައި އޭޓީއެމް ބަހައްޓައި އޭޓީއެމް ނެތް ރަށްތަކުގައި އޭޖެންޓުން ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ޒުވާނުންނަށް ދަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ވަޒީފާގެ ދަތިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ރައީސް ޔާމީން ވަނީ ގއ. އަތޮޅުގައި ރިސޯޓްތައް ހަދައި އެ ރިސޯޓުތަކުން އެ އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ.
ޑރ. ޝަހީމް ގއ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮޓޯ:ޕީޕީއެމް
މިކަންތައްތަކުގެ ސަބަބުން މިއަދު އެ އަތޮޅުގެ އެންމެންވެސް ވަނީ ރައީސް ޔާމީން ގެނުވައިދެއްވާ ތަރައްޤީއާއެކު ކުރިއަށްދިއުމަށް އަތުކުރި އޮޅާލާފައެވެ. މިކަން އެންެމެ ބޮޑަށް ހާމަވެގެންދިޔައީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުންނެވެ. އެ ދަތުރުފުޅުގައި ޑރ. ޝަހީމް އެ އަތޮޅުގެ ހުރިހާ ރަށްކަށް ޒިޔާރަތްކުރެއްވި އިރު ކޮންމެ ރަށަކުންވެސް އިވެމުން ދިޔައީ އެއް އަޑެކެވެ. އެއަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޔަމީން އެ އަތޮޅަށް ގެނުވި ތަރައްޤީއާއެކުގައި ކަމަށާއި ދެވަަނަ ދައުރަަކަށްވެސް އެމަނިކުފާނާއި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ. ޝަހީމް ހޮވުމަށް ތައްޔާރަށް ތިބިކަން ވަނީ ހާމަ ކޮށްފައެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު ތޭވީސް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި މުޅިއަތޮޅުން ބޮޑު އަޢުލަބިއްޔަތެ ރައީސް ޔާމީންއަށް ލިބޭނެކަމަށްވެސް އެ އަތޮޅުގެ ރައްޔިތުން ދިޔައީ ބުނަމުންނެވެ. ޑރ. ޝަހީމްގެ މިދަތުރުފުޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ފަރާތްކަމުގައިވާ އަހުމަދު ފައިސަލް ވިދާޅުވީ، ގއ އަށް އެ ޓީމުން ކުރި ދަތުރުގައި އެންމެ ބޮޑަށް ފެނިގެންދިޔައީ ޒުވާނުންނާއި ކަނބަލުން އިސްނަގައިގެން ރައީސް ޔާމީން ހޮވުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ މަންޒަރުކަމަށެވެ. އަދީ މިއީ އެއްވެސް ކެމްޕެއިނެއްގައި މިހާތަނަށް ފެނިފައިނުވާވަރުގެ ތަޢީދެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. "މި ދަތުރުގައި އިވެންޓްތައް ކޯޑިނޭޓްކޮށް ޒުވާނުން މިކަންތައްތަކުގައި އިސްނެގިކަމީ ފާހަގަކޮށްލެވޭ ކަމެއް. އަދި ޑޯ ޓު ޑޯގެ ހަރަކާތައް ކުރިއަށްގެންދިޔަ އިރު ކަނބަލުންގެ ފަރާތުން އެއްބާރުލުން ލިބުނުކަންވެސް ފާހަގަކޮށްލެވޭ. އަދި ރައީސް ހޮވުމަށް ކުރާ މަސައްކަތްތަކުގައި ކަނބަލުން އިސްނަގައިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކނަ ވަނީ ދިފައި." ފައިސަލް ވިދާޅުވިއެވެ. ގއ އަތޮޅުން ފެނުނު މަންޒަރުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް ވިދާޅުވެފައިވާ ވާހަކަފުޅަކީ ތެދު ވާހަކަފުޅެއް ހާމަވެގެންދެއެވެ. ޑރ. ޝަހީމް ވަނީ އަމިއްލަ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެތައް ފަހަރެއްގެ މަތިން އެ އަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޔާމީންއާއެކުގައި ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން
ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު
އިދުހާމް ނައީމް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ރިޔާސީ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގެ އުސޫލު އޭޖީ އޮފީހަށް ފޮނުވައިފި
5 މިނެޓް ކުރިން
ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ގއ. އަތޮޅުގެ ރައްޔިތުން ތިބީ ތައްޔާރަށް
18 މިނެޓް ކުރިން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮއިވާލި ކަނދުފަތި ހަރުކޮށްފި
19 މިނެޓް ކުރިން
ސައުދީއާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ވައިގެ ހަމަލާތަކުގައި 55 މީހުން މަރުވެއްޖެ
1 ގަޑި ކުރިން
ވޯގް އިންޑިޔާގެ ކަވާގައި ސުހާނާ ހިމެނުމުން ގިނަ ބައެއްގެ ފާޑު ކިޔުން
1 ގަޑި ކުރިން
ހަސަނު ހޯދަން ސޯޝަލް މީޑިއާ އަށް!
2 ގަޑި ކުރިން
އެގްރީމެންޓުގެ ސަބަބުން ކޯލިޝަން ސަރުކާރެއް އަޔަސް، އަޅުގަނޑުގެ ބާރެއް ނޯންނާނެ: އިބޫ
19 ގަޑި ކުރިން
ޗެނަލް ތާޓީންގެ ނޫސްވެރިޔާ ލަޔާލުއަށް އަމީތު ބިރުދައްކައިފި
21 ގަޑި ކުރިން
ރައްޔިތުންނަށް ދަޅަ ދައްކަން އެމްޑީޕީން ހެދި މެނިފެސްޓޯ
17 ގަޑި ކުރިން
ޑރ. ޝަހީމް މެލޭޝިއާއަށް ފުރާވަޑައިގެންފި
18 ގަޑި ކުރިން
އިދިކޮޅުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް: ޕީޕީއެމް
7 ގަޑި ކުރިން
އެގްރީމެންޓުގެ ސަބަބުން ކޯލިޝަން ސަރުކާރެއް އަޔަސް، އަޅުގަނޑުގެ ބާރެއް ނޯންނާނެ: އިބޫ
19 ގަޑި ކުރިން
ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ގއ. އަތޮޅުގެ ރައްޔިތުން ތިބީ ތައްޔާރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ