ރައްޔިތުން އެކަތިގަނޑަކަށްވެ ތިބުމަށް އީރާންގެ ރައީސް ގޮވާލައްވައިފި
އިޤްތިސާދީ ގޮންޖެހުންތަކާއި ބޭރުގެ ފިއްތުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޤައުމު އެއްބައިވަންތަވުމަށް އީރާންގެ ރައީސް ގޮވާލައްވައިފިއެވެ.އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެޤައުމުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ، މިފަދަ ދަނޑިވަޅުތަކުގައި އެހެން ޤައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލައަށް މައްސަލަތައް ހައްލު ކުރަން ޖެހޭނެ ކަމަށެވެ.އީރާންގެ ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް އުފުލި، ފައިސާގެ އަގު ވަނީ ދަށްވެފައެވެ.މިކަންތައްތައް ހައްލު ކުރުމަށް ގޮވާލައި އެޤައުމުގެ ރައްޔިތުން ފެށި މުޒާހަރާގައި މިހާރު ރޫހާނީގެ އިސްތިއުފާއަށް ވެސް ރައްޔިތުން ވަނި ގޮވަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ