ހުޅުމާލޭ ކޯޓުގެ ސައްހަ ކަމާ މެދު ސުވާލުއުފެދިފައިވާތީ އެ ކޯޓަކީ ސައްހަ ކޯޓެއްތޯ ކަނޑައަޅައިދިނުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހެނދުނު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ޖޭއެސްސީގެ ވަކީލް ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީން މިއަދު ހެނދުނުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަން އިއުލާންކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގައި ނަޝީދުގެ ފަރާތުން ނެގި އިޖްރާއީ ނުކުތާތަކުގެ މައްސަލަ ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެވެ.
ނަމަވެސް މައްސަލަ ބަލައިގަތްކަން ނުވަތަ ނޫންކަން އަދި އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި އަމިއްލަ ފަރާތަކުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފައެވެ.
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއްތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ